ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/22
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:01
ސުންގަޑި: 20 ޖަނަވަރީ 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓް ޓިންކަރ

އިޢުލާން

މި ކުންފުނީގެ ތިރިގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓަންޓް ޓިންކަރ (ގްރޭޑް 1)

ޢަދަދު: 1

މުސާރަ: މަހަކު 4690.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ވެހިކަލް ގަރާޖް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: 2000.00 ރުފިޔާއާއި –2500.00 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން. 

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވޭ ޓިންކަރިންގްނާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ކުރުން.
  • ވެހިކަލްތައް މަރާމާތުކުރުމުގައި އެހީވުން.

ތަޢުލީމާއި ތަޖުރިބާ:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސިބަހާއި ދިވެހިބަހުން ހުންނަ ލިޔުންތައް ލިޔަން ކިޔަން އެނގުން.
  • ޓިންކަރިންގ ނުވަތަ ވެލްޑިންގގެ ދާއިރާއިން ސެޓްްފިކެޓެއް އޮތުން.
  • މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމް، އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. 

http://www.stomaldives.com/downloads/ ވެބްސައިޓް:

ނޯޓް:

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތު ތަޖުރިބާއށާއި، އިންޓަވިއުއަށް ބަލައިިގެން އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

20 ރަބީޢުލްއައްޥަލް 1436

11 ޖަނަވަރީ 2015