ދިވެހިރާއްޖެ
ލ. އަތޮޅު ކައުންސިލުން ހިންގާނެ ވިޔަފާރި ހަރަކާތްތައް ދެނެގަތުމާއި ފީސިބިލިޓީ ސުޓަޑީ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2023/10 ( 23 ޖަނަވަރީ 2023 ) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ފުރިހަމަނުވާތީ އެ އަންސާސީ ހިސާބު ބާޠިލް ކުރުމަށްފަހު އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 08 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން shorturl.at/fhIQU ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވެލައްވާ، 2023 މެއި 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ.
ބީލަމުގައި ރަޖިސްޓްރީ ވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެކަމުގައި ދަންނަވަމެވެ.