ކުއްޔަށް ހިފުން
ނަންބަރު: H-2015/03
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 19 ޖަނަވަރީ 2015 10:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ވ.ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމަށް ޢިމާރާތެއް އެއްއަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

މިފަދަ ޢިމާރާތެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 10:00އަށް ވ.ތިނަދޫ އިންޖީނުގެއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ މަޢުލޫމާތު 

އިތުރު ތަފުސީލު

އިމާރާތުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު:

 

ގުޅޭނެ ފޯނު ނަންބަރު:

(މޮބައިލް ނަންބަރު)

ކުއްޔަށް ދޭން ހުށަހަޅާ އިމާރާތުގެ އެޑްރެސް:

 

ޢިމާރާތުގެ ޖާގައިގެ ބޮޑުމިން (އަކަފޫޓުން) :

މަދުވެގެން 150 އަކަފޫޓާއި 500 އަކަފޫޓާ ދެމެދުގެ ޖާގައެއް ޢިމާރާތުގައި ހުންނަންވާނެއެވެ.

ޢިމާރާތުގެ ކުލި (މަހަކަށް):

 

ބޭނުންކުރަން ފެށޭނެ ތާރީޚު:

 

އެހެނިހެން ޝަރުޠު:

 

ޢިމާރާތަކީ މަގަށް ދޮރުކެނޑިފައިވާ ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ހުރިތަނަކަށް ވާންޖެހޭނެއެވެ.

ޢިމާރާތުގައި ފާޚާނާއެއް ހުންނަންވާނެއެވެ.

ހުށަހެޅޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު

  1. އިމާރާތުގެ ކުލި – 85 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x)
  2. އިންޖީނުގެއާ ގުޅުންހުރި އިދާރީ ޚިދުމަތްތައް ދިނުމަށް ހުރި ފަސޭހަކަން - 15 ޕޮއިންޓް

ހުށަހެޅޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި، ކުއްޔަށް ދޫކުރުމަށް ހުށަހެޅޭ ތަނަކީ ސްޓެލްކޯއިން ވ.ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެވެން ނެތް ފަދަ ތަނެއް ކަމަށް މިކުންފުންޏަށް ފެނިއްޖެ ޙާލަތެއްގައި އެފަދަ ޕްރޮޕޯޒަލްތައް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އޮފީސް އިމާރާތް ކުއްޔަށް ދިނުމަށް އެދި" ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދޫކުރަން އެދިވަޑައިގަންނަވާ ފަރާތްތަކުން 22 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް މިކުންފުނީގެ ވ.ތިނަދޫ އިންޖީނުގެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

26 ރަބީޢުލްއައްވަލް 1436

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338121 ނަންބަރު ފޯނާއެވެ.
  • އީމެއިލް ކުރައްވާނީ [email protected]

 

15 ޖަނަވަރީ 2015