ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-121
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 07 މޭ 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 ސީނިއަރ މެނޭޖަރ – ފައިނޭންޝިއަލް ޕްލޭނިންގ އެންޑް ރިޕޯޓިންގ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ މެނޭޖަރ - ގްރޭޑް 1

މުސާރަ:

 މަހަކު 14500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5800.00 ރުފިޔާ

- މެނޭޖްމަންޓް އެލަވަންސް: 2500.00 ރުފިޔާ

- ފޯނު އެލަވަންސް: 500.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- އެކައުންޓިންގ ނުވަތަ ފައިނޭންސް އާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ ނުވަތަ ސީ.އައި.އެމް.އޭ ނުވަތަ ސީ.އޭ.ޕީ މެމްބަރޝިޕް ލިބިފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 06 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މެނޭޖްމަންޓް ލެވެލްގައި  މަދުވެގެން 05 އަހަރު މަސައްކަތް ކޮށްފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ރިސްކް ކުޑަކުރުމުގެ ޕްލޭންތަކާއި ފުރުޞަތުތަކުގެ ފޯކާސްޓް ހިމެނޭ ގޮތަށް ކޯޕަރޭޝަންގެ މާލީ ސްޓްރެޓެޖީ އެކުލަވާލުން.

- މަހުން މަހަށް ނިންމަންޖެހޭ ފައިނޭންޝަލް ރިޕޯޓް ތަކާއި އަދި އެނަލިސިސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، އެ މޮނިޓާރކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަންގެ ޑޭޓާތައް ހިމަނައިގެން ބަޖެޓު ހެދުމަށް އެހީތެރިވުން ނުވަތަ ތައްޔާރުކުރުން.

- ކޯޕަރޭޝަންގެ އިންވެސްޓްމަންޓް އިތުރުކުރުމުގެ ގޮތުން، ކޯޕަރޭޝަނަށް ވަންނަ އަދި ބޭރުވާ ފައިސާގެ ތަފްސީލް މޮނިޓަރކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަންގެ އެސެޓްތައް ރައްކާތެރިކޮށް، ކޯޕަރޭޝަނަށް ގެއްލުމެއް ލިބިދާނެ ކަންކަމަށް ބަލައި، ކުންފުނީގެ ސިޔާސަތުތަކާއި އެތެރޭގެ ކޮންޓްރޯލްތައް، ޚާއްޞަކޮށް ޚަރަދުކުރުމުގެ ކޮންޓްރޯލްތައް ތަންފީޒުކުރުން.

- ޚަރަދުތައް ކުޑަކޮށް، ކޯޕަރޭޝަންގެ އެފިޝިއަންސީ އިތުރުކުރުން.

- ކޯޕަރޭޝަންގެ ދަރަނި ބެލެހެއްޓުމާއި، ފައިސާ ހޯދަންޖެހޭ ފަރާތްތަކުން ފައިސާ ހޯދުން.

- ފައިނޭންސް ޑިޕާޓްމަންޓުން ޢަމަލުކުރަމުން ދަނީ ޤާނޫނާއި މާލީ ޤަވާއިދުތަކާއި އެއްގޮތަށް ކަން ކަށަވަރުކުރުން.

- މާލީ ރިވިއުތައް އެކުލަވާލުމާއި އިންވެސްޓްމަންޓް ލަފާ ދިނުން.

- ރިޕޯޓްތަކާއި އެނަލިސިސް ހޯދުންތައް ހިއްސާކުރުމަށް މެނޭޖްމަންޓް ނުވަތަ އެގްޒެކެޓިވް ޓީމްތަކާއިއެކު މަސައްކަތްކުރުން.   

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 7 މޭއި 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މޭއި މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

        10 ޝައްވާލް 1444

30 އޭޕްރިލް 2023