ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2023/44
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 15:12
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިހާދޫ ކައުންސިލް އިދާރާގައި ހުރި ބާތަކެތި ނީލަންކިޔުން

އިޢުލާން

 މިއިދާރާގައި ހުރި ބާތަކެތި ނީލަންކިއުން 03 މެއި 2023 ވާ ބުދަ ދުވަހުގެ  ހަވީރު 16:15 ގައި ކުރީގެ ހުކުރުމިސްކިތްދޮށުގައި  އޮންނާނެއެވެ.  ނީލަމުން  ތަކެތި  ނަންގަވާ ފަރާތްތަކުން  ތަކެއްޗާއި  ހަވާލުވާ ދުވަހުން ފެށިގެން  ރަސްމީ 7 ދުވަހުގެތެރޭގައި މިއިދާރާއަށް ފައިސާ ދައްކަންވާނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަންކިޔާ ދުވަހުން ފެށިގެން   3 ދުވަހުގެތޭގައި  ތަކެތި ގެންދަންވާނެއެވެ. ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ  ފަރާތްތަކުން ދެންނެވިފައިވާ  ގަޑިއަށް ކުރީގެ  ހުކުރުމިސްކިތްދޮށަށް  ދުރުވެދެއްވުން އެދެމެވެ. މިއިޢުލާނާއެކު  ނީލަން ކިއުމަށް  ހަމަޖެހިފައިވާ  ތަކެތީގެ  ލިސްޓެއް  ބެހެއްޓިފައި  ހުންނާނެއެވެ.

  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

  07  ޝައްވާލު  1444

 27  އޭޕްރިލް    2023

27 އޭޕްރިލް 2023