ދިވެހިރާއްޖެ
މިކައުންސިލުން ދޭމައުލޫމާތާއި އެއްގޮތައް މަގުބައްތިދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)389/389/2023/15 އިއުލާނުގެ ލިޔުމުގައި ކުށެއްވާތީ އެކަން އިސްލާހުކޮށް އަލުންއެފުރުސަތު ހުޅުވާލަމެވެ.
މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ދެކަފި 11 މަގުބައްތި ދަނޑިއާއި އާދައިގެ 15 މަގުބައްތި ދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.
|
ތަން |
ތާރީހް |
ދުވަސް |
ގަޑި |
ޕްރީ-ބިޑް މީޓިންގ |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
10 މެއި 2023 |
ބުދަ |
11:00 |
ބިޑް ހުށައެޅުން |
ތ.ހިރިލަންދޫ ކައުންސިލް އިދާރާ |
14 މެއި 2023 |
އާދިއްތަ |
11:00 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.