ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)151-CSS/1/2015/1
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 29 ޖަނަވަރީ 2015 14:00
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްނީޝަން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ޓެކްނީޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް. 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/5,020 ރުފިޔާ ، ސަރވިސް އެލަވަންސް: -/1,500 ރ، އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

މާލެ / މޯލްޑިވްސް އެނަރޖީ އޮތޯރިޓީ/ ރެގިއުލޭޝަންސް

ބޭނުންވާ އަދަދު

01

ޝަރުޠު

ޓެކްނީޝަންގެ ދާއިރާއިން މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު :

  1. އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
  2. އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިލެކްޓްރިކަލް ނުވަތަ ހަކަތައާއި ގުޅުންހުރި ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުން، ނުވަތަ
  5. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ. އެސް. 4 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލު ކޮށްފައިވުން ނުވަތަ،
  6. އިލެކްޓްރިކަލް ނުވަތަ ހަކަތައާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުން ދިއުމާއެކު، ޖީ.އެސް. 3 ރޭންކްގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި އިލެކްޓްރިކަލް ނުވަތަ ހަކަތައާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  7. އިލެކްޓްރިކަލް ނުވަތަ ހަކަތައާއި ގުޅުންހުރި ދާއިރާއެއްގައި ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ. އެސް. 4 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، ހަކަތައާ ގުޅުންހުރި ދާއިރާއެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ  އިލެކްޓްރިކަލް ނުވަތަ ހަކަތައާ ގުޅުން ހުރި ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެނަރޖީ އޮތޯރިޓީން ހިންގާ އެކިއެކި ޓެކްނިކަލް އިންސްޕެކްޝަން މަސައްކަތްތަކުގައި އެހީތެރިވުން.
  2. ކަރަންޓުގެ ނިޒާމުތައް މޮނިޓަރކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  3. ގަވާއިދުތަކާއި މިންގަނޑުތައް އެކުލަވައިލުމުގައި އަދި އިޞްލާޙުކުރުމުގައި އެހީތެރިވުން.
  4. މި ނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3019100 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އިލެކްޓްރިކަލް ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވުން.
  2. ރާއްޖޭގެ ކަރަންޓުގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
  3. ރިނިއުބަލް އެނަރޖީ ނުވަތަ ހަކަތައާއި ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.
  4. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ދާއިރާއާއި ގުޅޭ އިތުރު ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
  5. ދިވެހި ބަހާއި، އިނގިރޭސިބަހުންފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  6. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  7. ފީލްޑްގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރުން.

ހުށަހަޅަންޖެހޭ ތަކެތި:

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބިވަޑައިގަންނަވާނެއެވެ. އަދި  މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.

  •  ސުންގަޑި: 29 ޖަނަވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.
  •   އިންޓަރވިއު އަދި ޕްރެކްޓިކަލް ޓެސްޓް 1 ފެބުރުވަރީ 2015 އާއި 01 މާރިޗު 2015 އާ ދޭތެރޭގައި މި އޮތޯރިޓީގައި އޮންނާނެއެވެ.
  •  ދިވެހި އަދި އިނގިރޭސި ބަހުން ތަރުޖަމާކުރުމުގެ ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015