ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2023/26
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 21:24
ސުންގަޑި: 28 އޭޕްރިލް 2023 22:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމުގެ ޕްރޮޖެކްޓްއަށް ދޫކޮށްފައިވާ ޕްރޮޖެކްޓް ސައިޓްގައި ބާއްވާފައި އޮތް ޑިންގީތައް އެސަރަޙައްދުން ނެގުމާއި ގުޅޭ

އިޢުލާން

ރަތަފަންދޫގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމަށް ބޮޑުހިލަ ޖެހުމުގެ މަޝްރޫޢުގެ ދަށުން ރަށަށްގެންނަ ހިލަތަށް ބޭލުމުގެ މަސައްކަތް ކުރަމުންދާތީ މިމަސައްކަތް ކުރަމުން އަންނަ ކުންފުންޏަށް ދޫކޮށްފައިވާ ސަރަޙައްދަށް އެހެލާފައިވާ ޑިންގީތައް ވީ އެންމެ އަވަހަކަށް އެސަރަހައްދުން ނެގުމަށް އެސަރަޙައްދަށް އެހިލާފައިވާ ޑިންގީ ތަކުގެ ވެރިފަރާތްތަކަށް އެންގީމެވެ. ޑިންގީތައް އެސަރަޙައްދުން ނުނަގައި އޮތުމުގެ ސަބަބުން މަސައްކަތް ކުރަމުންދާއިރު ލިބޭ ގެއްލުމަކަށް މިކައުންސިލުން ޒިންމާ ނުވާނެކަން ވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

27 އޭޕްރިލް 2023