ވަޒީފާގެ ފުރުޞަތު
ނަންބަރު: TTAM/2015/001
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 22 ޖަނަވަރީ 2015 14:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑިވެލޮޕްމެންޓް އޮފިސަރ

އިޢުލާން

މި އެސޯސިއޭޝަންގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު: ޑިވެލޮޕްމެންޓް އޮފިސާރ

މުސާރަ: -/4000ރ

ހާޒިރީ އަދި އެހެނިހެން އެލަވަންސް : -/2000ރ

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ/އައި.ޖީ.ސީ.އެސް.އީ އޯ ލެވެލް2 މާއްދާއިން ދައްވެގެން "ސީ" ފާސް (އިގިރޭސި ހިމަނައިގެން) ލިބިފާއިވުމާއެކު އެސް.އެސް.ސީ ދިވެހި މި މާއްދާއިން ދައްވެގެން "ސީ" ފާސް ލިބިފައިވުން، ސްޕޯޓްސް މެނޭޖްމަންޓް ސްކިލްސް ހުންނަ އަދި ކޮމްޕިއުޓަރ ބޭސިކް މައިކޮރޯ ސޮފްޓް އޮފީސް އެނގުން މީގެ އިތުރުން މޮޓޯރ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސީ.ވީ، އައި.ޑީ ކާޑް ކޮޕީ، ޕޮލިސް ރިޕޯޓް އަދި އެކްރެޑިކް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ މި އެސޯސިއޭޝަންގެ އޮފީހަށް ފޮނުވުން އެދެމެވެ.

އީމެއިލް ކުރައްވާނީ: [email protected]

13 ޖަނަވަރީ 2015