ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2023/86
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:28
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް 2023 ގެ ޤުރުއާން މުބާރާތް ސްޕޮންސާރ ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ކައުންސިލް 2023 ގެ ޤުރުއާން މުބާރާތް ސްޕޮންސާރ ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފުރުޞަތު ހުޅުވާލުން

 

ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މާތް މަގުޞަދުގައި މި އިދާރައިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތް މިފެށޭ މޭމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ 9 ގޮތްޕަށް ބަހާލެވިގެން، ކޮންމެ ގޮތްޕެއްގައި ބަލައިގެންނާއި ނުބަލާ ކިޔުމަށް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ވަނަ ވަނައަށް ދާފަރާތްތަކަށް ޓްރޮފީ އަދި ފައިސާގެ އިނާމު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދިލައްވަމުންދާތީވެ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު މޭމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ވަކިވަކި ފަރުދުން މި މުބާރާތަށް އެހީތެރިވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުމަށް ދަންނަވަމެވެ.

އެކައުންޓް ނަންބަރ:  7717700403001

އެކައުންޓް ނަން: 1350 REVENUE 1

ސްލިޕް ވައިބާރ: 9652211

މިފަދަ މުބާރާތްތަށް ރާވާ ހިންގުމުގައި އިނގުރައިދޫގެ ލޮބުވެތި ރައްޔިތުން ވެދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

26 އޭޕްރިލް 2023