ބީލަން
ނަންބަރު: (IUL)270/270/2023/77
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 04 މޭ 2023 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. މަކުނުދޫގެ ބޮޑުތަކުރުފާނު މަގަށް އަރާ ރުއްގަސް ގަންނާނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ހދ. މަކުނުދޫގެ ބޮޑުތަކުރުފާނު މަގަށް އަރާ ރުއްގަސް ގަންނާނެ ފަރާތެއް ބޭނުންވެއްޖެ

 

ހދ. މަކުނުދޫގެ ފެނާއި ނަރުދަމާ އަޅާހޮޅި ވަޅުލުމަށް އަދި ބޮޑުތަކުރުފާނު މަގު ހެދުމަށް ސާފުކުރަން ޖެހޭ ސަރަހައްދުގައިވާ ރުއްގަސް ގަންނާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)270/270/2023/45  އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އިއުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 މޭ 2023 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 04 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ޕްރޮކިއުމަންޓް ޔުނިޓް
  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ. މަކުނުދޫ
  • ފޯން: 9695777 / 7789355
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޭޕްރިލް 2023