ދިވެހިރާއްޖެ
މި އިޢުލާންވަނީ 04 ޖޫން 2023 12:10 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: 258/258/2023/71(IUL)
އިޢުލާން
ޑްރިވިންގ ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުން
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާނު ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް އަޅައިދޭނެ ފަރާތެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.
ތަފްސީލް |
ތާރީޙް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
09 މެއި 2023 |
10:30 |
އަންދާސީހިސާބު ހުޅުވުން |
18 މެއި 2023 |
10:00 |
ބީލަން ހުށައެޅުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަވެސް ހުށައެޅޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީހިސާބު ހުށައެޅުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި ބީލަން ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ޝައްވާލް 1444ހ
27 އޭޕްރިލް 2023މ