ދިވެހިރާއްޖެ
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުންފުނިން ބޭނުންކުރަމުން އަންނަ ޓީޝާޓް / ޔުނީފޯމް ފަހައިދީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ބިޑްގައި ރަޖިސްޓްރީ ކުރުން.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 މެއި 2023 ވާ އަންގާރަ ދުވަހުން ފެށިގެން 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. އަދި ބިޑްގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް ބީލަންފޮތް އީމެއިލް މެދުވެރިކޮށް ހިއްސާކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބިޑްގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 14 މެއި 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައެވެ.
ރަޖިސްޓަރީވުމަށް: https://shorturl.at/tuwAQ
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި
- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ދައްކާ ނަމޫނާ އާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޓީޝާޓް / ޔުނީފޯމް ފަހައި ފޯރުކޮއްދިނުމަށް އެދި.
- އިޢުލާން ނަންބަރ : IL-KPL/2023/007
ބިޑް ހުޅުވުން
- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 25 މެއި 2023 ވާ އަންގާރަ ދުވަހުގެ 13:30 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ޖަލްސާކުރާ ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.