ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2023/060
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 07 މޭ 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :5

އެގްޒާމް އިންވިޖިލޭޓަރ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިޙާނާއި ރީސިޓް އިމްތިޙާނު ހިތަދޫ ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

05

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ހިތަދޫ ކެމްޕަސް

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

 

  • މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

  • ފައިނަލް އިމްތިޙާނު އޮންނާނީ 04 ޖޫން 2023 އިން 17 ޖޫން 2023 އަށެވެ.
  • ރީސިޓް އިމްތިޙާނު އޮންނާނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޯމް ހުށަހަޅާނެ ގޮތް:

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ.

އޮންލައިން އެޕްލިކޭޝަން ލިންކް:

                                                                              https://forms.gle/D9jLJtmvC5KejZsN8

 

އެޕްލިކޭޝަންގެ ސުންގަޑި:

7 މޭ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް:

އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345242 އަށެވެ.

 

 

 

27 އޭޕްރިލް 2023