ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހދ.ނައިވާދޫ މާހިޔާ ގެސްޓް ހައުސް ގެ ބައެއް ދޮރުތައް ނަގާ އެލްމުނިއަމް ދޮރުތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، (IUL)260/260/2023/37 (02 އޭޕްރިލް 2023) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލެމެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަވާ މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑު ރަޖިސްޓްރީކުރުން |
ޕްރީ ބިޑް މީޓިން |
އަންދާސީހިސާބު ހުށަހެޅުއްވުން |
27.04.2023 ން 08.05.2023 ގެ 10:00 ށް |
09.05.2023 ގެ 10:00 ގައި |
14.05.2023 ގެ 10:00 ގައި |
އޮންލައިން ފޯމު މެދުވެރިކޮށް |
ހދ.ނައިވާދޫ ކައުންސިލް އިދާރާގައި |
ހދ.ނައިވާދޫ ކައުންސިލް އިދާރާގައި |
- ބިޑް ރަޖިސްޓްރީކުރާ ފޯމް: https://forms.gle/cky3R38RQFZVr4VQA
- ހދ.ނައިވާދޫ މާހިޔާ ގެސްޓް ހައުސްގެ ބައެއް ދޮރުތައް ނަގާ އެލްމުނިއަމް ދޮރުތައް ހަރުކޮށްދިނުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ނައިވާދު މާހިޔާ ގެސްޓް ހައުސްގެ ބައެއް ދޮރުތައް ނަގާ އެލްމުނިއަމް ދޮރުތައް ހަރުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.