ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2023/61
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 04 މޭ 2023 20:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާން

ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

               އިދާރީ ދާއިރާތާއް ލަމާރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 1-107 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން  ރައްޔިތުންނާ މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލްވުން  2023 މެއި 04 ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ރައްވެހިގެ (އޯކިޑްވިލާ) ގައި އޮންނާނެއެވެ.

 މަޝްވަރާކުރެވޭނެ މުހިންމު ކަންތައްތައް

  • ގެޒެޓް ކުރެވިފައިވާ ބަނދަރު ބެލެހެއްޓުމާ ގުޅޭ ޤަވާއިދަށް ބައެއް އިސްލާޙުތައް ގެނައުމާމެދު ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުން
  • ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަން ހިއްސާކުރުން

ވީމާ، މި މުހިއްމު ބައްދަލްވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ހޯރަފުށީ ކައުންސިލުން ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ޝައްވާލް 1444

27 އޭޕްރިލް 2023