ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HRD /434/2015/04
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 26 ޖަނަވަރީ 2015 13:30
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  (ޖީ. އެސް 3)

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން 

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވެންސް

އަސާސީ މުސާރައިގެ %35

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް / ހުޅުމާލެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސެންޓަރުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ސެންޓަރަށް ބޭނުންވާ ތަކެތި ހޯދުމާއި އެތަކެތި ބެލެހެއްޓުން.
  3. ސެންޓަރުން ލިޔަންޖެހޭ ސިޓީ، މެމޯ ފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ސެންޓަރުން ފޮނުވާ އަދި ސެންޓަރަށް ލިބޭ ލިޔެކިޔުންތަށް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
  5. ސެންޓަރުގެ ބޭފުޅުންކުރަންޖެހޭ ދަތުރުތައް އިންތިޒާމްކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 (އެސް.އެސް.1)

ރޭންކް: SS1

މުސާރަ

މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ޑިޕާރޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)

ތަޢުލީމާއި ތަޖުރިބާ

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

2. މަޤާމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާ ފާޚާނާ ސާފުކޮށް ބެލެހެއްޓުން އަދި އިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  2. ސެންޓަރުން ބަލަހައްޓަންޖެހޭ ތަންތަން ކުނިކަހައި ސާފުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުން އެތަންތަން ކުނިކަހައި ސާފުކުރުން.
  3. ސެންޓަރުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ބެހުން.
  4. ސެންޓަރަށް ހުށަހެޅޭ ބައެއް މައްސަލަތަކުގައި ހާޒިރު ކުރަންޖެހޭ މީހުން ސެންޓަރަށް ހާޒިރު ކުރުވުމުގައި އެހީތެރިވެދީ އެފަރާތްތަކަށް ޗިޓު ޙަވާލުކުރުން.
  5. ސެންޓަރަށް ހޯދަންޖެހޭ ތަކެތީގެ އަގުބެލުމާއި އެތަކެތި އެތަންތަނުން ނަގައި ސެންޓަރަށް ގެނެސްދިނުން.

މަޤާމު

ސެކިއުރިޓީ އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1  (އެސް. އެސް 2)

ރޭންކް: SS2

މުސާރަ

މަހަކު -/3,470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ޑިޕާޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ސެކިއުރިޓީ ބެލެހެއްޓުން.

2- ބެލެނިވެރިން ކްލައިންޓުންނަށް ފޮނުވުމަށް ގެންނަ ތަކެތި ޗެކްކޮށް ބަލައިގަތުމާއި، އެތަކެތީގެ ލިސްޓުގެ ކޮޕީ ހަދާ ކައުންޓަރާއި ހަވާލުކުރުން.

3- ކުޑަކަމުދާ ތަކެތި ނެގުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި ފަރުވާއަށް އަންނަ ކްލައިންޓުންގެ ޔޫރިން ނެގުން.

4- ކްލައިންޓުންގެ ހާޒިރީގައި ސޮއިކުރުވުން.

5-ސޮއިކުރުމަށް އަންނަ ކްލައިންޓުން ބޯން ބޭނުންވާ ފެން ލިބޭނެގޮތަށް ޔޫރިން ނަގާ ތަނުގައި ބެހެއްޓުމުގެ އިންތިޒާމު ކޮންމެ ދުވަހަކުވެސް ހަމަޖެއްސުން.

6- ފަރުވާ ހޯދާ އެހެން މީހަކަށް ނުވަތަ ފަރުވާދޭ މަރުކަޒުގެ މުވައްޒަފަކަށް އިންޒާރުދީ ބިރުދެއްކުން، އަނިޔާކުރުން ނުވަތަ މާރާމާރީ ހިންގުމަށް މަސައްކަތްކޮށްފިނަމަ ނުވަތަ ހިންގައިފިނަމަ އެމީހުންގެ މަޢުލޫމާތު މިއެޖެންސީގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން

7- މަސައްކަތްކުރާ މުވައްސަސާގެ ތެރެއަށް މަސްތުވާތަކެތި ވެއްދުމާއި، މަރުކަޒުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ވިއްކުން ހުއްޓުވުމަށް އެފަދަ ފަރާތްތަކާއި ބެހޭ މަޢުލޫމާތު މިއެޖެންސީގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

ތަޢުލީމާއި ތަޖުރިބާ

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ލައިސަންސެއް ނުވަތަ ހުއްދައެއް ނުވަތަ ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓް ލިޔުން)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 15 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

12 ޖަނަވަރީ 2015