މަސައްކަތް
ނަންބަރު: (IUL)335-AS/335/2023/55
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:56
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ސަރަޙައްދުގައި ޢިމާރާތްކޮށްފައިވާ ސްޓޭޖް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ރަށުގެ ބަނދަރު ސަރަހައްދުގައި ޢިމާރާތްކޮށްފައިވާ ސްޓޭޖް މަރާމާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

              މިރަށުގެ ބަނދަރު ސަރަޙައްދުގައި ޢިމާރާތްކޮށްފައިވާ ސްޓޭޖްގެ މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް މި އިދާރާއިން ކުރެވުނު ނަންބަރު(IUL)335-AS/335/2023/44 :30)  މާރޗް 2023( އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވަނީ، އެއްފަރާތަކުން ކަމަށްވެފައި، މިކަމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާތިލް ކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

      މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 11:30 ގެ ކުރިން މިއިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

 

ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މެއި 2023 ވާ ބުދަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތުކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

27 އޭޕްރިލް 2023