ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)332-MS/332/2023/49
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 07 މޭ 2023 14:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު _ ރަށު ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. މިއިދާރާގެ ނަމްބަރ (IUL)332-MS/332/2023/39 އިއުލާނު ބާތިލްކޮށް 02 (ދެވަނަ) ފަހަރަށް އިއުލާނުކުރަމެވެ.
  2. މާލެއަތޮޅު ދިއްފުށި ކައުންސިލަށް ރަށު ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  3. މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (18/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ (19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  4. މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 27 އެޕްރީލް 2023ން ފެށިގެން އިއުލާނާއި އެކު އާންމުކުރެވި އަދި ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ.
  5. މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 07 މެއި 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
  6. ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 07 މެއި 2023 ވާ އާދީއްތަ ދުވަހުގެ 14:00އެވެ. ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.
  7. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ

ސަލީމީހިގުން، ކ.ދިއްފުށި

ފޯން: 6640071

އީމެއިލް: [email protected]

27 އޭޕްރިލް 2023