ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/471/2023/128
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 11 މޭ 2023 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް އެންޖިނިއަރ

އިޢުލާން

މަޤާމް:

އެސިސްޓެންޓް އެންޖިނިއަރ

މަޤާމުގެ ނަންބަރު:

J-330823

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2                                            

ޑިޕާޓްމަންޓް / ސެކްޝަން:

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / ކޮލިޓީ ކޮންޓްރޯލް ޔުނިޓް      

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -6,295/ ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3,500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ނޭޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މަހަކު).
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮލިޓީ ކޮންޓްރޯލް ޔުނިޓުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ކުރުމާއި، ރާވާ، ހިންގާ ބެލެހެއްޓުން.
  2. ދިވެހިރާއްޖެއަށް އެތެރެކުރާ ޢިމާރާތްކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކަކީ ކޮން ފެންވަރެއްގެ ތަކެތިތޯ ބަލާ ޗެކްކޮށް އެތަކެތި އެތެރެކުރުމަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްތައް ކުރުމާއި، އެހީތެރިކަން ފޯރުކޯށްދިނުން.
  3. ދިވެހިރާއްޖޭގައި އުފައްދާ ޢިމާރާތްކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކަކީ ކޮން ފެންވަރެއްގެ ތަކެތިތޯ ބަލާ ޗެކްކޮށް އެތަކެތި އުފެއްދުމަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްތައް ކުރުމާއި، އެހީތެރިކަން ފޯރުކޯށްދިނުން.
  4. ދިވެހިރާއްޖެއަށް އެތެރެކުރާ ޢިމާރާތްކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކަކީ ކޮން ފެންވަރެއްގެ ތަކެތިތޯ ބަލާ ޗެކްކޮށް އެތަކެތި އެތެރެކުރާށާއި އުފެއްދުމަށް ލައިސަންސް ދޫކުރުމަށްފަހު، އެތެރެކުރާ އެ ތަކެތި އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްޓަކައި ތަކެތީގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރުމާއި، ރާވާ، ހިންގާ ބެލެހެއްޓުން.
  5. ދިވެހިރާއްޖޭގައި އުފައްދާ ޢިމާރާތްކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކަކީ ކޮން ފެންވަރެއްގެ ތަކެތިތޯ ބަލާ ޗެކްކޮށް އެތަކެތި އެތެރެކުރާށާއި އުފެއްދުމަށް ލައިސަންސް ދޫކުރުމަށްފަހު، އުފައްދާ އެ ތަކެތި އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްޓަކައި ތަކެތީގެ ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރުމާއި، ރާވާ، ހިންގާ ބެލެހެއްޓުން.
  6. ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް (ޓެސްޓިންގ ލެބޯޓްރީތައް) ރަޖިސްޓްރީވުމަށް ފަހު އެ ފަރާތްތައް ހިންގަނީ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލާ މޮނިޓަރ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، ރާވާ، ހިންގާ ބެލެހެއްޓުން.
  7. ޢިމާރާތް ކުރުމުގެ ޤާނޫނާއި އިދާރީ ޤަވާޢިދުގެ ދަށުން އެޕްރޫވް ކުރަން ލާޒިން ކުރާ ޢީމާރާތް ތަކުގެ ފައުންޑޭޝަން ސިސްޓަމްސް އެޕްރޫވް ކުރުމާއި ހުއްދަ ދިނުމުގެ އެންމެހާ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޯށްދިނުން.
  8. ޢިމާރާތް ކުރުމުގެ ޤާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހަދާ އެންމެހާ ޤަވާޢިދުތަކާއި، އުޞޫލުތަކާއި، ސްޓޭންޑަރޑްތައް ހެދުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، އަދި އެ ޤަވާޢިދުތަކާއި، އުޞޫލުތަކާއި، ސްޓޭންޑަރޑްތައް ހެދުމުގެ މަސައްކަތް ކުރުމުގައި ފަންނީ ގޮތުންނާއި އިދާރީ ގޮތުން ބައިވެރިވުމާއި، މިކަމަށް ބޭނުންނާ ފަންނީ އެހީތެރިކަން، ކޮންސްޓްރަކްޝަން ކޮލިޓީ ސެކްޝަންގެ މަސައްކަތްތަކަށް ދަތިނުވާނޭ ގޮތުގެމަތިން އެމަސައްކަތްކުރާ ސެކްޝަނަށް ފޯރުކޮށްދިނުން.
  9. ޢިމާރާތް ކުރުމުގެ ޤާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހަދާ އެންމެހާ ޤަވާޢިދުތަކާއި، އުޞޫލުތަކާއި، ސްޓޭންޑަރޑްތައް ތަންފީޛު ކުރުމަށް ޤާއިމްކޮށްފައިވާ އެންމެހާ ތަންފީޒީ ނިޒާމްތަކުގައި ދިމާވާ މައްސަލަތަކާއި، އެނިޒާމްތަކުން ދިމާވަމުންދާ ދަތިތައް ދެނެގަނެ، އެކަންތައްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަން ކުރެވިދާނެ ކަންކަން ފާހަގަކޮށް އެކަންކަން ޤާއިމް ކުރުމަށްމަސައްކަތް ކުރާ ސެކްޝަނަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، އެހީތެރިކަން ފޯރުކޮށްދިނުން. އަދި އެކަންކަމާ ގުޅޭގޮތުން ޤާނޫނުތަކާ ޤަވާޢިދުތަކަށް ގެނެވިދާނެ ކަމަށް ލަފާކުރާ ބަދަލުތަކާއި ގުޅޭގޮތުން ދިރާސާ ކުރުމާޢި ލަފާދިނުން.
  10. ޢީމާރާތް ކުރުމުގެ ސިނާޢަތް ކުރިއަރުވައި ހިންގުމަށް ބޭނުންވާ ޤާނޫނުތަކާއި، ޤާވާޢިދުތަކާއި، އުޞޫލުތައް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބާއްވާ ބައްދަލުވުންތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ފޯރަމްތަކާއި، އަދި މިނޫނަސް މިފަދަ އެންމެހާ ސެޝަންތަކުގައި ބައިވެރިވުން.
  11. ޢީމާރާތް ކުރުމުގެ ސިނާޢަތް ކުރިއަރުވައި ހިންގުމަށް ހަދާފައިވާ ޤާނޫނުތަކާއި، ޤާވާޢިދުތަކާއި، އުޞޫލުތައް ތަންފީޒު ކުރުމަށް ޤާއިމް ކޮށްފައިވާ އެންމެހާ ތަންފީޒީ ނިޒާމްތަކާއި މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ އެންމެހާ ދިރާސާތައް ކުރުމާއި، ބޭނުންވާ ފަންނީ ލިޔެކިޔުންތަކާއި އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ރާވާ ހިންގުން.
  12. ދުވަހުން ދުވަހަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ލޮގް ލިޔުން.
  13. ދުވަހުން ދުވަހަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ތަރުތީބުކުރުމާއި ފައިލް ކުރުމުގެ އެންމެހާ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-          ސިވިލް އިންޖިނިއަރިންގ

-          ސްޓްރަކްޗަރަލް އިންޖިނިއަރިންގ

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

-          ސިވިލް އިންޖިނިއަރިންގ

-          ސްޓްރަކްޗަރަލް އިންޖިނިއަރިންގ

 

ކޯ ޑިސިޕްލިންތައް:

-          ސިވިލް އިންޖިނިއަރިންގ

-          ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://planning.gov.mv/dv/forms/zvazeefaaaa-gulhun-huri-daunloaduthah

 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުތު  ހަމަވުން

30

 

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

 

އިންޓަރވިއު

35

 

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މި ކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓްއް ދޭންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11  މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 14 މޭ 2023 އާއި 01 ޖޫން 2023 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004712 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

27 އޭޕްރިލް 2023