މަސައްކަތް
ނަންބަރު: 116-FB2/IL/2023/52A
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 30 އޭޕްރިލް 2023 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ޑިއުޓީ ފްރީ ފިހާރަތަކަށް ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެމް.އޭ.ސީ.އެލްގެ ޑިއުޓީ ފްރީ ފިހާރަތަކަށް ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި ކުންފުނިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހިންގަމުން އަންނަ ޑިއުޓީ ފްރީ ފިހާރަތަކުގައި ވިއްކުމަށް ރާއްޖެއިން ބޭރުން ކަނޑުމަގުން ގެންނަ މުދާ ކްލިއަރކޮށް އެއަރޕޯރޓްގައި ހުންނަ ގުދަނަށް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އެޕްރީލް 30 ވާ އާދިއްތަދުވަހުގެ ހެދުނު 10:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" މެދުވެރިކޮށް ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 މޭ 04 ވާ ބުރާސްފަތިވަހުގެ ހެދުނު 10:30 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 މޭ04 ވާ ބުރާސްފަތިވަހުގެ ހެދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.

26 އޭޕްރިލް 2023