މަސައްކަތް
ނަންބަރު: (IUL) 268/2023/20
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 04 މޭ 2023 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން އިމާރާތްކުރާ 3 ކޮޓަރީގެ އެޕާޓްމަންޓް މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުން

ހދ. ނޭކުރެންދޫ ކައުންސިލުގެ 3 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ނޭކުރެންދޫ ކައުންސިލް އިދާރާގައި

ތަން: ހދ. ނޭކުރެންދޫ ކައުންސިލް އިދާރާގައި

04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00

11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހދ. ނޭކުރެންދޫ ކައުންސިލްގެ 3 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓް އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާތިލުވާނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.  ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 70 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 20 ޕޮއިންޓް، ތަޖުރިބާއަށް 10 ޕޮއިންޓް އެވެ.

ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ޢިމާރާތްކުރުމާއި ޢިމާރާތް މަރާމާތުކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާރކްސްއެވެ. ތަޖުރިބާއަށް މާކުސްދެވޭނީ ހުށަހަޅާ އަގަށްވުރެމަތިންކޮށްނިންމާފައިވާ މަސައްކަތް ތަކުގެ ލިޔުން ތަކަށް ބަލައި ގެންނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޭޕްރިލް 2023