ދިވެހިރާއްޖެ
ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދަރސްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ކާށި އަދި ކަރާ މިކައުންސިލު މެދުވެރިކޮށް ބެހުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ވަޑައިގެންނެވުމުން، މާދަމާ (27 އޭޕްރިލް 2023) އިން ފެށިގެން ފަޤީރުންނަށާއި ޢާންމު ރައްޔިތުންނަށް ކާށި އަދި ކަރާ ލިބޭނެ ވާހަކަ ދެންނެވީމެވެ.
ކާށި އަދި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ން 15:00 އަށް، ރޭގަނޑު 21:30 ން 00:00 އަށް އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށެވެ. އަދި ހުކުރު ދުވަސް ބަންދުވާނެ ވާހަކަވެސް ދެންނެވީމެވެ.