ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2015/6
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 28 ޖަނަވަރީ 2015 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޯޑިނޭޓަރ - ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން ލޮޖިސްޓިކް އެސިސްޓެންޓް

މަޤާމް :ކޯޑިނޭޓަރ - ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން ލޮޖިސްޓިކް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ކޯޑިނޭޓަރ – ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން ލޮޖިސްޓިކް އެސިސްޓެންޓް

އަދަދު: 01

ފެންވަރު ނުވަތަ ޝަރުޠު:

  • ދަށްވެގެން ބިޒްނަސް ދާއިރާއިން އޭ.ލެވެލް ފާސް ލިބިފައިވުން. ޕްރޮޑަކްޝަން، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓުގެ ދާއިރާއިން އެހެނިހެން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ލޮޖިސްޓިކްސް ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސަބާ މޯލްޑިވްސް ޓީ.އެފް.ސީ (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ) މ.ބޭންފްވިލާ، ދެވަނަ ފަންގިފިލާ

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހުގެ 4:00އަށް

މުސާރަ: -/6,000 އާއި -/7,000 އާ ދެމެދުގެ އުޖޫރައެއް ދިވެހިރުފިޔާއިން ލިބޭނެއެވެ.

ވަޒީފާގެ މުއްދަތު: 01 އަހަރުދުވަސް

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 28 ޖަނަވަރީ 2015ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ ފޮނުވާނީ ސަބާ މޯލްޑިވްސްއަށް އެޑްރެސްކޮށް މ.ބޭންފްވިލާ، ދެވަނަ ފަންގިފިލާއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 ން 15:00 އާ ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

23 ރަބީޢުލްއައްވަލް 1436

14 ޖަނަވަރީ 2015