ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-KPL/2023/006
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 10 މޭ 2023 13:00
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ހުސްވެފައިވާ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ

ވަޒީފާގެ ފުރުޞަތު

ނަންބަރ:IL-KPL/2023/006 

ތާރީޚް:25 އޭޕްރީލް 2023

މަޤާމް

ސީނިއަރ ޕައިލެޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/7400 ރ

އެހެނިހެން އިނާޔަތްތައް:

- -/8000ރ އާއި -/10000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

މަޤާމުގެ ޝަރުތު:

- ވަޒީފާއާއި ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދު އޮނިގަނޑު ލެވަލް 7 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 06 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ވަޒީފާއާއި ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދު އޮނިގަނޑު ލެވަލް 9 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- ކުއަލިފައިޑް މާސްޓާރ މެރިން (ފޮރިން ގޮއިން ވެސަލްސް) އަން ލިމިޓެޑް ސީ.އޯ.ސީ އާއި އެކު 5 އަހަރު ދުވަހުގެ ސީ ގޮއިން ތަޖުރިބާ، އޭގެތެރެއިން 4 އަހަރު ދުވަހު މާސްޓަރ އެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ނޯޓިކަލް ސާރވިސް ޑިޕާރޓްމަންޓުން ކުރަންޖެހޭ މަސައްކަތްތަށް ރާވާ ހިންގުން
  2. ބަނދަރަށް އަންނަ ބޯޓްފަހަރު ސަލާމަތާއި ރައްކާތެރިކަމާއި އެކު ބަނދަރަށް ވެއްދުމާއި އެންކަރ ކުރުމާއި ބާތުކޮއްދިނުން އަދި ފުރުވާލަދިނުން. އަދި ޕައިލޮޓޭޖް ޚިދުމަތުގެ މަޢުލޫމާތު (ޕީ.ޓީ.ބީ ފޯމް) ފައިނެންސް ޑިޕާރޓްމަންޓަށް ފޮނުވުން. ޕޯޓް ކޮންޓްރޯލް ޕާމިޓް ދޫކުރުމާއި އެންކަރޭޖް އަދި އެންޓްރެންސް ފީގެ މަޢުލޫމާތު ފައިނޭންސް ޑިޕާރޓްމަންޓަށް ފޮނުވުން.
  3. ބަނދަރުގައި އޮންނަ ބޯޓްފަހަރުގެ މުދާ ބާލާ، ކާގޯ ގިޔަރުގެ ހާލަތު ދެނެގަނެ ރައްކާތެރިކަން ކަށަވަރުކުރުން.
  4. ބަނދަރުގައި ދިމާވާ ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެވަގުތަކު ބަނދަރު ހިންގަވަން ހުންނެވި ވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެމަރޖެންސީގައި ކުރަންޖެހޭ މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު / ހދ. ކުޅުދުއްފުށި

ސުންގަޑި:

10 މެއި 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ރީޖަނަލް ޕޯޓް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528149 ، 6528558

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

25 އޭޕްރިލް 2023