މަސައްކަތް
ނަންބަރު: (IUL)13-K/13/2023/163
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 08 މޭ 2023 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ހދ.ކުޅުދުއްފުށީގައި ސްޓޭޓް-އޮފް-ދި-އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 ( ޕްރޮޖެކްޓް ނަންބަރު:  TES/2023/W-032)

 

1. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން، ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ހދ.ކުޅުދުއްފުށީގައި ސްޓޭޓް-އޮފް-ދި-އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ ސެންޓަރެއް ތަރައްޤީ ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2023/126 )4 އެޕްރީލް 2023) އިޢުލާން ބާޠިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 26 އެޕްރީލް 2023 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެކެވެ.

3. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

4. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 2023 މޭ 8 ވާ ހޯމަ ދުވަހުގެ 13:00:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން  : +(960) 3349147, +(960) 3349102

އީ މެއިލް :. [email protected]

ކޮޕީ   :  [email protected]

25 އޭޕްރިލް 2023