ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/123
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 01 މޭ 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ (ފުލް-ސްޓެކް ޑިވެލޮޕަރ)

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ފުލް-ސްޓެކް ޑިވެލޮޕަރ)

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖީނިއަރިން ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު: 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ؛ 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ؛ 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ، އަދި މިނޫންވެސް މިޒަމާނުގެ ޕްރޮގްރާމިންގ ލެންގުއޭޖް، ފްރޭމްވޯރކް، އަދި ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ: 
    • VueJS, React, Rust, TypeScript, JavaScript, Angular, Swift, ASP.Net, C#
    • UI / UX Design, HTML, CSS
    • Mobile app development (iOS, Android)
    • Databases, SQL
    • އަދި ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަން ދެވޭނެއެވެ: 
    • ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ތަމްރީނާއި ތަޖުރިބާ 
    • ERP ސިސްޓަމްސްގެ ތަޖުރިބާ
    • ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު  
    • ފަރިތަކަމާ އެކު މުއާމަލާތު ކުރުމުގެ ހުނަރު 
    • ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
    • ޔުޓިލިޓީ ދާއިރާ އާ ގުޅޭ ތަޖުރިބާ 

ދާއިރާގެ މައިގަޑު މަސައްކަތް: 

  • ވެބް، މޯބައިލް، އަދި ޑެސްކްޓޮޕް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުން 
  • އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް/އިންޓަރފޭސްތައް ފަރުމާކުރުން 
  • އެޕްލިކޭޝަންތަކުގެ ބެކް އެންޑް ޑިވެލޮޕްކުރުން 
  • ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން 
  • އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ގާއިމުކުރުން 
  • ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން. 
  • އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާ އިންޓަގްރޭޓްކުރުން. 

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

01 މެއި 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 01 މެއި 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

05 ޝައްވާލް 1444

25 އެޕްރީލް 2023

25 އޭޕްރިލް 2023