މަސައްކަތް
ނަންބަރު: (IUL)475-Admin/475/2023/64
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 03 މޭ 2023 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހަފްލާއަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ހަފްލާއަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީ އިން ބާއްވާ " ޕްރެޒިޓެންޑް ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް އެވޯޑިންގ " ހަފްލާ އިންތިޒާމް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)475-Admin/475/2023/52 ޢިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމާއި ޓާރމްސް އޮފް ރިފަރެންސް އަށް ބައެއް ބަދަލު ގެނެސްފައިވާތީ، އެ ޢިއުލާން ބާތިލް ކޮށް، ހަފްލާއަށް ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރީމެވެ.

  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2023 އޭޕްރިލް 29 ގެ 12:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2023 އޭޕްރިލް 30 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2023 މޭ 03 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިއެވެ. މި އިއުލާނާއެކު ޓާރމްސް އޮފް ރިފަރެންސް ގެޒެޓް ކޮށްފައިވާނެއެވެ.

25 އޭޕްރިލް 2023