ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)IM/1/2023/31
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:23
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތިގަތުން
މިސްކޫލްގެ 2021/2022 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ހިމެނިފައިވާނެއެވެ.
- މިޕްރޮޖެކްޓްގެ މައުލޫމާތު ދިނުން އޮންނާނީ 27 އޭޕްރީލް 2023 ވަނަ ދުވަހުގެ މެންދުރު 12.30 ގައެވެ.
- ގަންނަ ބޭނުންވާ ތަކެއްޗަކީ، ޓްރޮފީ، ޕޭޕަރ ފޯލްޑަރ، ސްވެނިއަރ އަދި ސޭޝް އެވެ.
- ބިޑް ހުށައެޅޭނީ މައުލޫމާތު ދިނުމުގެ ޝެޝަންއަށް ޙާޟިރުވެ ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 މެއި 2023ވަނަ ދުވަހުގެ 13 :00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅުވުން އޮންނާނީ 07 މެއި 2023 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ޢިމާދުއްދީން ސްކޫލް (ރެހެންދި ހިނގުން/ގަލޮޅު) ގައެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޢިމާދުއްދީން ސްކޫލް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: , 33157633315759
އީމެއިލް: [email protected]
25 އޭޕްރިލް 2023