މަސައްކަތް
ނަންބަރު: (IUL)142-E1/1/2015/4
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި:
19 ޖަނަވަރީ 2015 11:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގައި ކުރަންޖެހޭ މަރާމާތުތަކުގެ ޕްރޮޕޯޒަލެއް އިނގިރޭސި ބަހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް
އިސްލާމީ މަރުކަޒުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކާއި، މަރާމާތުތަކެއް ކުރުމަށް އިނގިރޭސިބަހުން ޕްރޮޕޯޒަލްތަކެއް ތައްޔާރުކޮށް ބީ.އޯ.ކިޔު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، ޢިމާރާތްކުރުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަންނީ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 19 ޖަނަވަރީި 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 ފޯނަށެވެ.
22 ރަބީޢުލްއައްވަލް 1436
13 ޖަނަވަރީ 2015