ދިވެހިރާއްޖެ
މި އިޢުލާންވަނީ 26 އޭޕްރިލް 2023 20:19 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
މި ސްކޫލުގެ މަލްޓީޕާޕަސް ހޯލާއި 8 ކުލާސްރޫމު އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
އަންދާސީ ހިސާބު ހުށަހެޅުން
މި ސްކޫލުގައި އަލަށް އިމާރާތްކުރެވުނު މަލްޓިޕަރޕަސް ހޯލާއި 8 ކުލާސްރޫމުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- 4 ވަނަ ފަންގިފިލާގައިވާ ދަރިވަރުން ބޭނުންކުރުމަށް ހަރުކުރެވިފައިވާ ފެންކޫލަރ ބަދަލުކުރުން
- ހުރިހާ ބޮޑުދޮރުގައި އަޅުވާފައިވާ ޑޯ ކުލޯޒަރތައް ބަދަލުކުރުން
- ހުރިހާ ކުލާސްތަކެއްގެ އަދި ހޯލުގެ ކުޑަދޮރުތަކުގެ ފާރާއި ދޮރުކަންޏާއި ދޭތެރެއަށް ރަނގަޅަށް ސެލްކޯން އަޅާ މަރާމާތުކުރުން
- ރެނދުތައް ބެއްދުން
- ކުލާސްތަކުގެ ކަރަންޓު މައްސަލަ ރަނގަޅުކުރުން
- ސްޓޭޖު ދޮރުތައް މަރާމާތުކުރުން
- ފާހާނާތަކުގެ މޫނު ދޮންނަ ތަށިތަކުގެ ފެންދާ ހޮޅިތައް މަރާމާތުކުރުން
- އަންހެން އަދި ފިރިހެން ދަރިވަރުންގެ ފާހާނާގެ ލޯގަނޑުތަކުގެ މެރޯކަން މަރާމާތުކުރުން ނުވަތަ އައު ލޯގަނޑު ހަރުކުރުން
- ޕެކިން ނުވެހުރުމުގެ ސަބަބުން ފެން ވަންނަ ކުޑަދޮރުތައް ފެން ނުވަންނާނެހެން މަރާމާތުކުރުން
- ދަބަރު ޖަހާފައިވާ ފަންކާތައް މަރާމާތުކުރުން
- ބޭރު ބޮކިތައް ބަދަލުކުރުން
- ބޭރުފާރުގައި ކުލަ ލާންޖެހޭ ތަންތާގައި ކުލަލުން
ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓް ކުރެއްވުން: |
26 އެޕްރީލް 2023 ން 30 އެޕްރީލް 2023 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 13:00 ށެވެ. |
މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ: |
30 އެޕްރީލް 2023 ވަނަ ދުވަހު 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ. |
ބީލަން ހުޅުވުން އޮންނާނީ: |
4 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ. |
- ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު: 6580146 އާއި ގުޅުއްވުން އެދެމެވެ.
- އީ މެއިލް އެޑްރެސް: [email protected]