ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 138-IS1/138/2015/2
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 22 ޖަނަވަރީ 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެދަށުން ރާއްޖޭގެ 4 ސަރަހައްދެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢަށް ކޮންޓްރެކެޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް  3 ރެސިޑެންޓް ސިވިލް އިންޖިނިއަރުން ހޯދުމަށް ބޭނުންވެއެވެ. މި މަޝްރޫއާއި ގުޅޭ އިތުރު ތަފްސީލް ތިރީގައި މިވަނީއެވެ.

ސައިޓް އޮފީސް ޤާއިމުވެފައި ހުންނަރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

 
 

ގދ.ތިނަދޫ

ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ،ގދ.ގައްދޫ އަދި ގއ.ވިލިގިލި

ޏ.ފުވައްމުލައް

ޏ.ފުވައްމުލައް

ކ.ހުޅުމާލެ

ކ.ހުޅުމާލެ

ފެންވަރު ނުވަތަ ޝަރުތު:

- ސިވިލި އިންޖިނިއަރިންގ އިން ޑިގްރީ ހާސިލުކޮށް މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

- ސިވިލް އިންޖިނިއަރިންގ އިން ޑިޕްލޮމާ ހާސިލުކޮށް މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- އޮޓޯކެޑް އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކުން މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށްޓަކައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރެވޭ އެހެނިހެން ރަށްތަކުގައި ކަނޑައެޅޭ މުއްދަތަކަށް ޤާއިމުވެ ހުންނަންޖެހިދާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތިދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓްފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހައި ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މިމިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން:     3004153 / 3004300       ފެކްސް:   3004301

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015