ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 138-IS1/138/2015/1
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 22 ޖަނަވަރީ 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 4 ސަރަހައްދެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއަށް ކޮންޓްރެކެޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް ސައިޓް ސުޕަވައިޒަރުން އަދި ޕްރޮޖެކްޓް އެސިސްޓަންޓުން ހޯދުމަށް ބޭނުންވެއެވެ. މި މަޝްރޫޢާގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.

ސައިޓް އޮފީސް ޤާއިމުވެފައި ހުންނަ ރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

މުވައްޒަފުން ބޭނުންވާ އަދަދު

ސްޕަވައިޒަރ

ޕްރޮޖެކްޓް އެސިސްޓަންޓް

ސ.ހިތަދޫ

ސ.ހިތަދޫ އަދި ސ.ހުޅުމީދޫ

1

1

ޏ.ފުވައްމުލައް

ޏ.ފުވައްމުލައް

1

1

ހުޅުމާލެ

ހުޅުމާލެ

1

1

ގދ.ތިނަދޫ

ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ގައްދޫ، އަދި ގއ.ވިލިނގިލި

2

2

ފެންވަރު ނުވަތަ ޝަރުޠު:

ސައިޓް ސުޕަވައިޒަރ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

- ސާނަވީ އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައި ވުމާއެކު މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމުތައް ރަނގަޅަށް އެނގުން.

ޕްރޮޖެކްޓް އެސިސްޓަންޓް

- ސާނަވީ އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައިވުމާއެކު މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތިދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓްފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހައި ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މި މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން:  3004153 / 3004300   ފެކްސް: 3004301

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015