ތަމްރީނު
ނަންބަރު: (IUL)417-SED/417/2023/39
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 02 މޭ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާނަ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން؛

މިކައުންސިލާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ފާނަ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް 2023 މެއި 18 އިން 24 އަށް ކ.މަނިޔަފުށީގައި ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ހޯނޑެއްދޫ ރައްޔިތުންނަށެވެ. މި ތަމްރީނަށް ބައިވެރިން ހޮވުމުގައި މަސްވެރިކަންކުރާ ފަރާތްތަކާއި ޒުވާނުންނަށް އިސްކަންދެވޭނެއެވެ.  

ޓްރެއިނިންގ ފަށާ ދުވަހު ބައިވެރިން މަނިޔަ ފުއްޓަށް ދަތުރުކުރުމާއި ޓްރެއިނިންގ ނިމުމުން ބައިވެރިން މާލެއަށް ގެންދިއުމުގެ އިންތިޒާމް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން ޓްރެއިނިންގ އަށް ދިއުމަށް މާލެ ދެކޮޅު ޓިކެޓް މިއިދާރާގެ ފަރާތުން ހަމަޖައްސައިދޭނެ ވާހަކަ ދަންނަވަމެވެ. މި ޓްރެއިނިންގ އަށް ހޮވޭ ފަރާތްތަކުން ކެއުމުގެ ޚަރަދުގެ ގޮތުގައި 1400 ރުފިޔާ ދައްކަންޖެހޭނެއެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 މެއި 02 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން "ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ތަމްރީނުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 ފަރާތަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޭޕްރިލް 2023