ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-PR/227/2023/22
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:39
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލާއި މި އިދާރީ ދާއިރާގައި ހިމެނޭ ރަށުކައުންސިލްތަކުގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތައް އާއްމުކުރުން

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 102 ވަނަ މާއްދާގެ (ށ) ގައި، ރަށު ކައުންސިލްތަކުން ފޮނުވާ އެ ކައުންސިލްތަކުގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، އަތޮޅުކައުންސިލްތަކަށް ލިބޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ މަޢުލޫމާތު ޢާންމުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މިކައުންސިލާއި މި އިދާރީ ދާއިރާއަށް ނިސްބަތްވާ ރަށުކައުންސިލްތަކުން ހިއްސާކޮށްފައިވާ، އެކައުންސިލްތަކުގެ 2022 ވަނަ އަހަރުގެ މާލީ ބަޔާންތައް މި އިދާރާގެ ވެބްސައިޓް (https://shaviyani.gov.mv  ) ގައި އާއްމުކުރެވިފައިވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

‏07‏ ރަމަޟާން‏ 1444

‏29‏ މާރޗް‏ 2023

29 މާރިޗު 2023