ބީލަން
ނަންބަރު: (IUL)325-ES/325/2023/22
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 11 މޭ 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ ދެމިސްކިތުގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުން

ދެމިސްކިތުގައި ނެވިލޯން ( ވިނައިލް ) އަޅައިދޭނެ ފަރާތެއް ހޯދުން

           މިރަށު މަސްޖިދުލް ހިދާޔާ އަދި މަސްޖިދުލް އަމާނާގެ އެތެރޭގައި ނެވިލޯން އަޅައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ، އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި  ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 02 މެއި 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ލިންކުން ރަޖިސްޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު  11 މެއި 2023 ވާ ބުރާސްފަތި ދުވަހު 13.00 ގެ ކުރިން މިކައުންސިލަށް އެސްޓިމޭޓް ހުށަހެޅުން އެދެމެވެ. އެސްޓިމޭޓް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ބ ގޮއިދޫ ދެމިސްކިތުގައި ނެވިލޯން އެޅުމުގެ މަސައްކަތަށް އެދި  " މިހެން ލިޔެފައި އޮންނަން ވާނެއެވެ.  އެސްޓިމޭޓް ކެނޑުން އޮންނާނީ އެސްޓިމޭޓް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި އެސްޓިމޭޓް ހުށަހެޅި ފާރާތްތަކުގެ ހާޞިރުގައެވެ. އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކަށް މި ބައްދަލުވުމަށް ހާޞިރު ނުވެވޭނަމަ ބަދަލުގައި ބައިވެރިވާނެ ފާރާތުގެ މަޢުލޫމާތު ( ނަމާއި ، އައިޑީ ކާޑު ނަމްބަރ) އެނގޭނެ ސިޓީއެއް ހުށަހަޅަން ވާނެއެވެ.  އަދި ރަޖިސްޓްރީ ފޯރމް ފުރިހަމަ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މީގެ އިތުރުން އެ ވިޔާފާރިއެއް ޖީއެސްޓިއަށް ރަޖިސްޓްރީ ކުރެވިފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  ކަންކަން ބިޑް އިންފޮމޭޝަން ޝީޓުގައި ލިޔެވިފައިވާނެއެވެ.

    އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          އީ . މެއިލް :          [email protected]

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.                                     

              

24 އޭޕްރިލް 2023