ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2023/ 64
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 21:04
ސުންގަޑި: 07 މޭ 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް (މިސްކިތްތައް ސާފުކޮށް ބަލަހައްޓާ)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މިއީ މިމަޤާމަށް މީހުން ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)415-HR/415/2023/51 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ފަރާތްތައް މި މަޤާމަށް ކުރިމަތިލާފައި ނުވާތީ، މި މަޤާމަށް މީހުން ހޯދުމަށް ކޮށްފައިވާ އިޢުލާނެކެވެ.  

 މަޤާމް:

ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓް (މިސްކިތްތައް ސާފުކޮށް ބަލަހައްޓާ)

ބޭނުންވާ ޢަދަދު:  01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް  އުޞޫލުން 23 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.

ރޭންކް:

ސަޕޯޓް ސާރވިސް ގްރޭޑް 1

އުޖޫރަ:  

އަސާސީ މުސާރަ 3100 ރުފިޔާ،

ސާރވިސް އެލަވަންސް 1000 ރުފިޔާ،

ސަޕޯރޓިންކޯ އެލަވަންސް 1200 ރުފިޔާ،

މިނިމަމްވޭޖް އެލަވަންސް 1917 ރުފިޔާ.

ފެންވަރު ނުވަތަ ޝަރުޠު:

އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން.

ޢުމުރުން 55 އަހަރުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ޤަބުރުސްތާނާއި ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.
  3. ރުއްގަހަށް އަރައި އުޅެވޭ ފަދަ ޤާބިލުކަން ހުރުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް، ނަމާދުކުރެވޭގޮތަށް މިސްކިތް ސާފުކުރުން 
  4. ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރިތައް ޤަވާއިދުން ޗެކުކުރުމާއި އެކު ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކެހުމާ، ވިނަނޮޅުމުގެ މަސައްކަތްކުރުން
  5. ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ދޮރުތަކާއި، ހޮޅިބުރި، ފަންކާ، އޭސީ އަދި ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ފަންކާތަކާއި ހޮޅިބުރިތަކާއި ބޮކިތައް ދިއްލާ ނިއްވުން. އަދި ހަމަޖައްސާފައި އޮންނަ އުޞޫލަކުން އެއަރކޯން ޖެއްސުމާއި ނިއްވުން
  6. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ސްޕަވައިޒަރަށް އަންގަމުން ގެންދިއުން
  7. ސްޕަވައިޒަރ ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން
  8. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާ ހިންގާ އެކިއެކި ޕްރޮގްރާމާއި މުނާސަބަތްތައް ހިންގުމަށް ކައުންސިލުން އަންގައިފި ހިނދެއްގައި ފުރިހަމަޔަށް އެއްބާރުލުން ދިނުން 
  9. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން
  10. މިސްކިތްތަކުގެ ވަޅުތައް ދިޔަ ހިއްކާ ސާފުކޮށް ބެލެހެއްޓުން އަދި  މިސްކިތުގެ އެތެރޭގެ ދިއްލުންތަކާ އެހެނިހެންތަކެތި ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  11. ކަށުކަމާކެމީގެ ކަންކަމުގައި އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

4-   ޕޮލިސް ރިޕޯރޓް

ސުންގަޑި:

07 މެއި 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

24 އޭޕްރިލް 2023