ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2023/65
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 20:57
ސުންގަޑި: 11 މޭ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ތިނަދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ގދ.ތިނަދޫ ކައުންސިލްގެ 2023 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން :

                  ގދ.ތިނަދޫ ކައުންސިލުގެ 2023 ވަނަ އަހަރުގެ  ޤުރުއާން މުބާރާތް 2023 މެއި 18 އިން 20 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                  ވީމާ މިމުބާރާތުގައި ބައިވެރިވުމަށް ޝަޥްޤުވެރިވާ ސްކޫލް މަދަރުސާ،ޤުރުއާން ކުލާސް،ޖަމިއްޔާ ޖަމާޢަތްތައް އަދި އަމިއްލަ ފަރާތްތަކުން 11 މެއި 2023 ވަނަ ދުވަހުގެ 14:00 ގެކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅުއްވަންޖެހޭ ފޯރމާއި، މުބާރާތުގެ ޤަވާޢިދު 25 އެޕްރީލް 2023 ން ފެށިގެން މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް www.thinadhoo.gov.mv  އިން ލިބެން ހުންނާނެއެވެ.

24 އޭޕްރިލް 2023