ދިވެހިރާއްޖެ
ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޓެކްނިކަލް ސްޕެޝަލިސްޓް ކޮންސަލްޓެންޓެއް ހޯދުން
އަރބަން ޑިވެލޮޕްމަންޓް، ޕްލޭނިންގ އަދި ހައުސިންގ އާ ގުޅުންހުރި ޕޮލިސީއާއި ސްޓްރެޓަޖީ އަދި އެކްޝަން ޕްލޭން ތައްޔާރުކޮށް އަދި މިނިސްޓްރީއަށް އަރބަން ޑިވެލޮޕްމަންޓާއި ހައުސިންގ ދާއިރާއަށް ފަންނީ ލަފާދޭނެ ޓެކްނިކަލް ކޮންސަލްޓެންޓެއް ހޯދުމަށް މި މިނިސްޓްރީގެ ފަރާތުން 10 އޮގަސްޓު 2014 ގައި ކުރި ނަންބަރު: IUL)138-DS2/138/2014/56) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވުމާއެކު، މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް އަށް ބައެއް ބަދަލުތައް ގެނައުމަށްފަހު، އަލުން މި ފުރުޞަތު ހުޅުވާލައިފީމެވެ. ވީމާ، މި ދެންނެވުނު މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންޓުން "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އަލުން ހުޅުވާލަމެވެ. މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުންވެލައްވާނަމަ، ތިރީގައިވާ މިމިނިސްޓްރީގެ ރަސްމީ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމަށް ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީ އަށް "ފްރޮޕޯޒަލް" ހުށަހެޅުއްވުން ދެންނެވީމެވެ.
21 ރަބީޢުލްއައްވަލް 1436