ކުއްޔަށް ދިނުން
ނަންބަރު: (IUL) 268/2023/19
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 04 މޭ 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫއިން ދަނޑުބިން ދޫކުރުމާއި ގުޅޭ

ނޭކުރެންދޫ ލޭންޑްޔޫސް ޕްލޭންގައި ދަނޑުވެރިކަން ކުރުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދުން މި ކައުންސިލުން ފާސްކޮށްފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހދ.ނޭކުރެންދޫއިން ވިޔަފާރީތަކަށާއި އާންމުދަނޑުވެރިކަމަށް ދަނޑުބިން ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ  14:00ގެ ކުރިން ނޭކުރެންދޫ ކައުންސިލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ދަނޑުވެރިކަން ކުރުމަށް ބިން ހޯދުމަށް އެދި ހުށައަޅާފޯމް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 އަށް މިކައުންސިލްގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މި އިޢުލާނާއެކު " ހދ.ނޭކުރެންދޫއިން ދަނޑުބިން ދޫކުރުމުގެ އުޞޫލު" އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24 އޭޕްރިލް 2023