މަސައްކަތް
ނަންބަރު: (IUL)378/378/2023/16
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 07 މޭ 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހުޅުދެލި ރަމްޒުކޮށްދޭބިނާ" ތައްޔާރު ކުރުމާބެހޭ

ދ.ހުޅުދެލި ރަމްޒު ކުރުމަށްޓަކައި ތައްޔާރު ކުރެވޭ ބިނާ ގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް އެދޭ ފަރާތްތަކުން 07 މެއި 2023 ވާ (އާދިއްތަ) ދުވަހުގެ 13:00އަށް މިކައުންސިލަށް ވަޑައިގެން  އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގަ އެވެ. ގަޑި ޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ، ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަންވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރި ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ:19/2019) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް ކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށައެޅުއްވުމުގައި ކޮންމެ މީހަކަށް ވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

24 އޭޕްރިލް 2023