މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/5
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 19 ޖަނަވަރީ 2015 10:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޕާގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

2015، 2016 އަދި 2017 ވަނަ އަހަރު ޖަރުމަނު ވިލާތުގެ ބާރލިންގގައި ބޭއްވޭ އައި.ޓީ.ބީ ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވުމާ ގުޅިގެން މިއަހަރުތަކުގައި ރާއްޖޭގެ ސްޓޭންޑްގައި އަމިއްލަ ތަކެތީގައި ސްޕާގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޕަރޭޝަންގެ ނަންބަރު IUL)MMPRC-HAS/1/2014/70) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 10:30އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015