މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/3
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 19 ޖަނަވަރީ 2015 11:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މިއުޒިކް ކުޅޭދޭނެ ބޭންޑެއް ހޯދަން

އައި.ޓީ.ބީ ފެއަރގައި ރާއްޖޭގެ ފަރާތުން ބާއްވާ "މޯލްޑިވިއަން ނައިޓް" ގައި މިއުޒިކް ކުޅެދޭނެ ބޭންޑެއް ހޯދަން ބޭނުންވެއްޖެ

މިއަހަރުގެ މާރިޗު މަހުގެ 04 އިން 08 އަށް ޖަރުމަނުވިލާތުގެ ބާރލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޓީ.ބީ ފެއަރގައި ރާއްޖެ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، އައި.ޓީ.ބީ ފެއަރގައި ބޭއްވޭ "މޯލްޑިވިއަން ނައިޓް" ގައި ލައިވް މިއުޒިކް ކުޅެދޭނެ 5 މީހުންގެ ބޭންޑެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަދުވަހުގެ 11:00އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.

23 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015