މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2015/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 19 ޖަނަވަރީ 2015 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހި އަތްތެރި މަސައްކަތް އަދި ލިޔެލާޖެހުމުގެ ހުނަރު ދައްކުވައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ޖަރުމަނު ވިލާތުގެ ބާރލިންގގައި އޮންނަ އައި.ޓީ.ބީ ފެއަރ 2015 އަދި 2016ގައި، ރާއްޖޭގެ ސްޓޭންޑްގައި ދިވެހި އަތްތެރި މަސައްކަތް އަދި ލިޔެލާޖެހުމުގެ ހުނަރު ދައްކުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްގެން ކުރެވުނު މި ކޯޕަރޭޝަންގެ އިޢުލާން ނަންބަރު IUL)MMPRC-HAS/1/2014/69) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 10:00އަށް ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015