ވަޒީފާގެ ފުރުޞަތު
ނަންބަރު: GS49/IU/2015 /01
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 20 ޖަނަވަރީ 2015 13:40
މާވަށު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ                                

މަޤާމު: މަސައްކަތު

މަޤާމުގެ ނަންބަރު: 129480

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މާވަށު ސްކޫލް / ލ. މާވަށް

ރަށް: ލ. މާވަށް

މާޤާމުގެ ބާވަތް: ދާއިމީ

ސެކްޝަން: އެޑްމިން

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެސް.އެސް 1

ސަޕޯޓް ސްޓާފް ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން

-/3100

-/1000

މަޤާމުގެ މަސްއޫލިއްޔަތުތައް:

- ކްލާސްތައް ކުނިކަހައި، ފޮހެ، ސާފުކޮށް، މޮޕްއަޅައި، ކްލާސްތަކުގެ ޑަސްބިންތައް ސާފުކުރުން.

- ކުދިންގެ ފާޚާނާތައް ބެލެހެއްޓުމާއި، ދޮވެސާފުކުރުން.

- ސްކޫލުގެ ގޯތިތެރެ ކުނިކެހުމާއި، ފެންޖެހުމާއި، އެކިއެކި ޖަލްސާތަކާއި މުނާސަބަތުތަކުގައި ބޭނުންވާ ގޮނޑިޖެހުން.

- ސްކޫލްގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.

- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، މަސައްކަތުމީހެއްގެ މަޤާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 ޖަނަވަރީ 21 ވާ ބުދަދުވަހުއެވެ. އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މިސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލައިގެން ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް (ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މި ސްކޫލުގެ އޮފީހަށެވެ.

ސުންގަޑި:

ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 20 ވާ އަންގާރަދުވަހުގެ މެންދުރުފަހު 13:40 ގެ ކުރިއެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެމަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ ފޯނު ނަންބަރު 6800010 އާ ގުޅުން އެދެމެވެ.  

16 ރަބީޢުލްޢައްޥަލް 1436

07 ޖަނަވަރީ 2015