ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)257/257/2015/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 20 ޖަނަވަރީ 2015 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު

މި އިދާރާގެ މި މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ ފައިނޭންސް އޮފިސަރ

ރޭންކް:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ނަންބަރު:

222080

އޮފީސް / އިދާރާ:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް

ސެކްޝަން/ ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

 ތަޢުލީމާއި ތަޖުރިބާ:

  • ފައިނޭންސް، އެކައުންޓްސް، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ފައިނޭންސް، އެކައުންޓްސް، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ފައިނޭންސް، އެކައުންޓްސް، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ފައިނޭންސް، އެކައުންޓްސް، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތައް:

1. ކޮންމެ އަހަރެއް ނިމުމުގެ ކުރިން، ޖެހިގެން އަންނަ އަހަރަށް ލަފާކުރާ އިދާރާގެ ބަޖެޓް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ތާރީޚުގައި ފޮނުވުން.

2. މުވައްޒަފުންގެ މުސާރަ ފައިސާއާއި، އެލަވަންސްތަކާއި އެކިއެކި ޢިނާޔަތްތައް ހަމަޖެހިފައިވާ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހޯދުމަށްޓަކައި ޕޭމަންޓް ވައުޗަރ ތައްޔާރުރުމާއި، އެ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހެދުން.

3. ކައުންސިލް އިދާރާއަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ބަލައިގަނެ ރަޝީދު ހެދުން.

4. ލިބޭފައިސާ ދުވަހު ފޮތް ފުރިހަމަކުރުމާއި، ލިބޭ ފައިސާ ޖަމާކުރަންޖެހޭ އައިޓަމްތަކަށް ޖަމާކުރުން.

5. ސަރުކާރުގެ ކަމާބެހޭ ފަރާތަކަށް ނުވަތަ އެނޫން ފަރާތަކަށް ފޮނުވަންޖެހޭ ފައިސާއެއްވާނަމަ، އެ ފައިސާއެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6. ތިޖޫރީގައި ހުންނަންޖެހޭ ފައިސާގެ ހިސާބުތަކާއި، ލިޔުންތައް އޮޅުންނާރާނެހެން، އަދި ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދުގައި ބަޔާންކޮށްފައިވާ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ބެލެހެއްޓުން.

7. ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، ޤަވައިދުގައި ބަޔާންކޮށްފައިވާގޮތުގެމަތީން ތިޖޫރީ ރިޕޯޓް ހެދުން.

8. ކައުންސިލް އިދާރާއަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާއެއް އޮވެ، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ނުދައްކާ އޮވެއްޖެނަމަ، އެކަމުގެ މަޢުލޫމާތު ކައުންސިލް އިދާރާގެ ސެކްޝަނުގެ އިސްވެރިޔާއަށް ދަންނަވައި، އެފަރާތުގެ ލަފާގެމަތީން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން.

9. ފައިސާއާ ބެހޭގޮތުން އަންނަ / ފޮނުވާ ސިޓީ / މެސެޖު ފަދަ ލިޔުންތަކަށް ޝެކްޝަނުގެ އިސްވެރިޔާގެ މަސްވަރާގެމަތިން ޖަވާބުދިނުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އޭޕްރީލް 2013 ގައި ޢަމަލުކުރަން ފައްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި، ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ" ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލްސަރވިސް ޤަވައިދުގައިވާ ގޮތުގެ މަތިން މުސާރައާއި، އެލަވަންސްއާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، ލިޔުމުން ފަހުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv  ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އެކްރެޑިޓްކޮއްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ (އައިޑީކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި އިދާރާގެ ނަންބަރު 6500016 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500016 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.    

       15 ރަބީޢުލްއައްޥަލް 1436

06 ޖަނަވަރީ 2015