ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/173
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 15:10
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023 - ގދ.ވާދޫ

(IUL)38-AC/38/2023/173 :ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023

މި ކޮމިޝަނުގެ ނަންބަރު :(IUL)38-AC/38/2023/142  އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ގދ.ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ކުރިމަތިލާފައިވާ ޙައިޘިއްޔަތު

ލިއުޝާ އިބްރާހީމް

ކަސަނޯވާ، ގދ.ވާދޫ

އަމިއްލަގޮތުން

ވީމާ، ގަވާއިދު ނަންބަރު 2020/R-7 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ލިއުޝާ އިބްރާހީމް، ގދ.ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

 

 

20 އޭޕްރިލް 2023