ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)KRH/PLD/2023/49 (05 އެޕްރީލް 2023) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ތާރީޚް ތިރީގައި ބަޔާންކުރެވިފައިވާ ދުވަހަށް ބަދަލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް، ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަން ދެންނެވީމެވެ.
ނޯޓް: ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 9 މޭ 2023 (އަންގާރަ)
- ގަޑި: 11:00 ގައި