ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސަރަހައްދުގެ ސްކޫލްތަކަށް ބޭނުންވާ ޑެސްކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
1- މި ސަރަހައްދުގެ ސްކޫލްތަކަށް ބޭނުންވާ ޑެސްކު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
2- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ހޯދަންބޭނުންވާ ޑެސްކުގެ ތަފްސީލް ބީލަންފޮތުގައި ބަޔާން
ކުރިވިފައިވާނެއެވެ.
3- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 އޭޕްރީލް 20 އިން 2023 އޭޕްރީލް 27 ގެ ނިޔަލަށް ތިރިގައިވާ ލިންކު/ އީމެއިލް
މެދުވެރިކޮށް '' ބިޑް ރަޖިސްޓްރީ ފޯމް '' ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި
ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
'' ބިޑް ރަޖިސްޓްރީ ފޯމް '' [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
4- މިޕރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޭޕްރީލް 29 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ
އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
5- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މެއި 04 ވަނަ ދުވަހުގެ 11.00 ގައި ރ. މާކުރަތު ސްކޫލްގައެވެ.
6- ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/6000 ރ. ( ހަހާސް ރުފިޔާ ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑްހުޅުވާ
ތާރީޙުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
7- މިޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
8- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރިގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާކުރަތު ސްކޫލް
ފޯން: 6580333
އީ-މެއިލް: [email protected]