ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)364-CAS/364/2023/38
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 30 އޭޕްރިލް 2023 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ އެސޯސިއޭޓް ކައުންސިލް އޮފިސަރ

 

މަޤާމް:

ކޮމިއުނިޓީ އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ގިންތި

ކޮންޓްރެކްޓް އެމްޕްލޯއިމެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ މުއްދަތު

02 (ދޭއް) އަހަރު

މަޤާމުގެ ރޭންކު:

ޖީ. އެސް 4

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ (މުލަކަތޮޅު މުލައް)

މުސާރަ:

5020.00 ރުފިޔާ

ސާރވިސް އެލަވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ކޯ އެލަވަންސް:        700.00 ރުފިޔާ
  2. އިތުރު ގަޑި: މުސާރައިގެ  %50
  3. ވަޒީފާއާއިބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ރަމަޟާންމަހުގެ އިނާޔަތު ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ސަހަރާ ދިލާސާފުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  2. ކުޅިވަރު ދަނޑުތައް ދިލާސާފުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  3. ބަނދަރުތަކުގެ މަސައްކަތް ރާވާ އިންތިޒާމްކޮށް ބެލެހެއްޓުން
  4. މަސްވެރިންނާއި ދަތުރުވެރިންނަށް ފެންފޯރުކޮށްދިނުމަށް ބަނދަރުގައި ގާއިމް ކުރެވިފައިވާ ފެނުގެ ނިޒާމްތައް ބެލެހެއްޓުން.
  5. ހިނަވާގެ މަސައްކަތްތައް ރާވާ އިންތިޒާމްކޮށް ބެލެހެއްޓުން.
  6. ރަށުގެ އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ދިލާ ސާފްކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  7. ޕާކުތައް ބެލެހެއްޓުން
  8. ބަނދަރުން ކަރަންޓް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާބެލެހެއްޓުން.
  9. މަސައްކަތުގެ ދާއިރާގެ ތެރެއިން ކައުންސިލުން އިތުރުކަމެއް ކަނޑައަޅައިފިނަމަ އެ މަސައްކަތެއް ރާވާ ހިންގުން.
  10. މީގެއިތުރުން ކައުންސިލުން ރާވާ އިންތިޒާމްކުރާ ޙަރަކާތްތަކާއި މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލު' ސެޓްފިކެޓް އިމްތިޙާނުގައި، 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

 

ނުވަތަ

 

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ

 

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް ނުވަތަ އެޑުވާންސް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން.

ނޯޓް:

މަތީގައިވާ ތިންވަނަ ޝަރުޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް. 4 ގެ ޝަރުޠުގައި ހިމެނޭ ދެ ކޮންޕޯނަންޓް ފުރިހަމަވެފައިވާ ކަމުގައި (އެ ސަނަދުން މަޤާމުގެ ޝަރުޠު ހަމަވާކަމުގައި) ބަލަންވާނެއެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑުމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ކައުންސިލު އިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެންހުންނާނެ އެވެ.)

(http://www.mulah.gov.mv/Uploads/Downloads/1655999960.pdf

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި،ޑީ، ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  1. 5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި  ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6.       މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:   

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)، ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)، ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޭޕްރީލް2023 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ( [email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި ޕްރެޓިކަލްސްއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 2023 މޭ 02 ން 09 މޭ 2023އާ ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓްލިބުނުގޮތުގެޝީޓް (A2ޝީޓް)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ނުވަތަ މިއިދާރާގެ ވެބުސައިޓް، ފޭސްބުކްޕޭޖުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 ނަންބަރު އަށެވެ. އީ-މެއިލް ކުރާނީ ( [email protected]) އަށެވެ.

20 އޭޕްރިލް 2023